ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލު ކުރައްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ބައްދަލު ކުރައްވައިފި އެވެ. ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނޭ ރައީސް މައުމޫން ރައީސް އިބޫއާ ބައްދަލުކުރެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލު ކުރެއްވުމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއްވަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހާއި ރައީސް މައުމޫނާ ދެބޭފުޅުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ދެ ރައީސުން މިއަދު ބައްދަލު ކުރެއްވި އިރު، ރައީސްް ސޯލިހްގެ ކެބިނެޓާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބެއެއް ބޭފުޅުން ދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ކެބިިނެޓަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ހިއްސާވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ