މަޖިލީހުގެ ރައީސަކަށް ގާސިމް ހޮއްވަވައިފި

މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޮއްވަވައިފިއެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށްޓަކާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް އިންތިހާބު ކުރެއްވީ 62 މެމްބަރުން ވޯޓުންނެވެ.
މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ގާސިމާ ވާދަ ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 2 ދޭކެވެ.
މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓު ގުނާފައި ވަނީ މަޖިލީހުން ނެންގެވި ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ