އައްޑޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ކަމުގެ ތުހުމަތުގައި އެ އަތޮޅު މަރަދޫގައި ހުރި ގެއެއް ބަންދުކޮށްފި އެވެ.
ވީކިހިނެއް؟ - އައްޑޫ މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ، އެ ރަށު ބޯޅަދަނޑުގެ ބަންދުކުރުމަށެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި އެ އަމުރު ނެރެފައިވަނީ އިއްޔެއިން ފެށިގެން ފެށިގެން 90 ދުވަސް ނުވަތަ ތިން މަސް ދުވަހަށެވެ.
އަދި އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ޑްރަގު ކެފޭތައް ބަންދުކުރުމުގެ އަމުރު ނެރެވޭ ގޮތަށް ގާނޫނު ބަދަލުކުރި ފަހުން މިއީ އައްޑޫން ބަންދުކުރި ހަތަރުވަނަ ޑްރަގް ކެފޭއެވެ. މީގެ ކުރިން ބަންދުކުރި ތިން ތަނަކީ:
މަރަދޫފޭދޫ، 'އުއްމީދު' ކިޔާ ގެއެއް މިދިޔަ މަހު 15ގައި ބަންދުކޮށްފައިވޭ
ހިތަދޫ، 'ލާމިޔާގެއާގެ' ކިޔާ ގެއެއް ވެސް މިދިޔަ މަހުގެ 8ގައި ވަނީ ބަންދުކޮށްފައި
ހިތަދޫ، 'މައިލޯސިޓީ' ކިޔާ ގެއެއް މި މަހުގެ ދެވަނަ ދުވަހު ވަނީ ބަންދުކޮށްފައި
ކޯޓުން އަމުރުކޮށްގެން އައްޑޫ މަރަދޫގައި ހިންގާ ޑްރަގް ކެފޭއެއް ވެސް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ