ހިމަބިހި ޖެހުނު ޒުވާނަކު ނިޔާވެއްޖެ

ހިމަބިހި ޖެހުނު ދިވެހި ޒުވާން ފިރިހެނަކު ނިޔާވެއްޖެ އެވެ.
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ އިބްރާހީމް ދިޔާޝް ރަޝީދު،24، ޑްރީމީލައިޓް/ ގދ. ފިޔޯރީ އެވެ.
އޭނާ ހިމަބިއްސަށް ޕޮޒިޓިވްވީ މިދިޔަ މަހު ކަމަށް މައުލޫމާތު ލިބެ އެވެ. ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެނގުން މުހިންމު - ހިމަބިހި ފެތުރޭލެއް އާންމުވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފައިވެ އެވެ.
އެޗްޕީއޭގެ އިލްތިމާސަކީ:
ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން
ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން
ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ