މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ގުޅުން ބަދަހިކޮށް، މަސައްކަތް ކުރެވިދާނެ ތަފާތު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު ބީއެމްއެލްގައި ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން، ބީއެމްއެލްގެ ފަރާތުން އެމްޓީސީސީއަށް ފޯރުކޮށްދެވޭނެ ތަފާތު މާލީ އެހީތެރިކަމާއި ފައިނޭންސް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތާއި އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ހައުސިންގ ސްކީމްތަކާއި ފައިނޭންސިންގ ސްކީމްތަކާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެމްޓީސީސީއިން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި އެހެންކަމުން، ކުންފުނީގެ ޚިދުމަތްތެރި މުވައްޒަފުންނަށް ތަފާތު ޢިނާޔަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަކީ، އެ ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ހައުސިންގ އާއި ފައިނޭންސް ސްކީމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ