މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.
އެމް.ޑީ.އޭ ގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިކަން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިއުލާނުކުރައްވާފައެވެ. އެ ޓްވީޓުގައި ރިޔާޒު ވަނީ އުމަރުއަށް މަރުހަބާ ދަންނަވާފައެވެ. 
Maruhabaa Hon MP Umar Hussain! JP aai gulhivadaigathumun ikhulaastheri shukureh dhannavan! pic.twitter.com/8iC40430IB
އުމަރުގެ އިތުރުން އެ ޕާޓީއަށް ދާދި ފަހުން ސޮއި ކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެން މަނިކު ދޮންމަނިކު ހިމެނެއެވެ. މީގެ އިތުރުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންއާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީވެސް ވަނީ ދާދިފަހުން ޖޭޕީއަށް ސޮއިކުރައްވާފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ