އިންފަންޓީނޯ އަށް ފިޔަވަޅު އެޅޭނެ ހަމައެއް ނެތް ކަމަށް އައިއޯސީން ބުނެފި

ޒިިއުރިކް، ސްވިޒަލެންޑް (ޖުލައި 26) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފިޔަވަޅު އެޅޭނެ ހަމައެއް ނެތް ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފި އެވެ. 
ފީފާގެ ރައީސްކަން 2016 ވަނަ އަހަރުން ފެށިގެން ފުރަމުން އަންނަ އިންފަންޓީނޯ އަކީ 2020 އިން ފެށިގެން އައިއޯސީގެ މެމްބަރެކެވެ. 
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އިންފަންޓީނޯއާ މެދު ފިޔަވަޅު އަޅަން އައިއޯސީ އަށް ހުށަހެޅީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކޮޔާ އިންނެވެ. އެ ޖަމިއްޔާ އިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ކުޅިވަރަށް ސިޔާސީ ނުފޫޒު ވައްދައިގެން، އިންފަންޓީނޯ ވަނީ އޮލިމްޕިކް ޗާޓަރާ ހިލާފުވެފައި ކަމަށެވެ. 
ފެއާސްކޮޔާ އިން ހިމަނާފައިވާ މައްސަލަ އަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފޯނު ކޯލަކަށް ފަހު، ވޯލްޑް ކަޕްގެ މެޗަަކަށް ސަސްޕެންޑްވެފައި ހުރި އެ ގައުމުގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ކުޅެވޭގޮތް ވުމަކީ ސިޔާސީ ނުފޫޒު ފޯރުވައިގެން ހިނގި ކަމެއް ކަމަށެވެ. 
އެ މައްސަލައިގައި އައިއޯސީން ބުނެފައިވަނީ، ފީފާ ފަދަ އިންޓަނޭޝަނަލް ފެޑެރޭޝަނެއްގެ މި ފަދަ މައްސަލަަ އަކީ އެ ކުޅިވަރެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށާއި މި މައްސަަލަ ބެލޭނެ ފަދަ އުސޫލުތަކެއް ފީފާގެ ތެރެއިން ވެސް ހުންނާނެ ކަމަށެވެ. އަދި، މި ފަދަ ކަންކަމުގެ ތެރެއަށް ވަދެ، އައިއޯސީން ގޮތެއް ކަނޑައެޅުމުގެ ގާނޫނީ ބާރެއް އެ ފެޑެރޭޝަނަށް ލިބިފައިނުވާއިރު، އަސާސީ ގަވާއިދުގެ ތެރޭގައި ވެސް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. 
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ބުރުގެ މެޗުގައި ބޮސްނިއާއާ ދެކޮޅަށް ކުޅެނިކޮށް ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ފަހު، އޭނާ އަށް ގަދަ 16 ބުރުގެ މެޗު ގެއްލޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެ މެޗަށް 48 ގަޑިއިރަށް ވުރެން ކުޑަތަންވެފައި އޮއްވައި، ފީފާ އިން ނިންމީ ބަލޮގަންގެ ރަތް ކާޑަށް ލުޔެއްދީ، ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ބުރުގެ މެޗު ކުޅެވޭނެ ކަމަށެވެ. 
ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބަލޮގަންގެ ކާޑު މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ މައްސަަލަ ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅަން ނިންމައިފަ އެެވެ. 
އައިއޯސީ އާއި ނޯވޭ ފުޓްބޯޅަ ފެޑެރޭޝަނުގެ މި ކަންކަމާ ގުޅިގެން، ފީފާގެ ބަހެއް ހޯދުމަށް މީޑިއާތަކުން ކުރި މަސައްކަތް ކާމިޔާބުވެފައނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ