24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން - ގާސިމް

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން އުޅުއްވާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) 24 ގަޑިއިރު މަޖިލީސް ހުޅުވައިގެން ނަމަވެސް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއްޖެއެވެ.
ކުނޫޒުގައި ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޒާތީ ވެގެން، ޕީއެސްސީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވިޔަސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްބާރުލުންދީ އެކަން ކުރާނެ ކަމަށެވެ.
''އަޅުގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަޖިލީސް ހުޅުވާފައި ބަހައްޓައިގެން ވެސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު. އަޅުގަނޑު އެކަން ކުރާނަން,'' ގާސިމް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ