ރައީސް މައުމޫނު އަބްދުލް ގައްޔޫމު ޖަލަށް ލެއްވުމުން ތައްުބާވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ރައީސް މައުމޫނާއި މެދު އޮތް ހިތް ނުސާފުކަން ސާފުވެފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
އަވަސް ހުކުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މައުމޫނާމެދު އަބަދުވެސް އޮތް ހިތްހަމަ ނުޖެހުމަކީ ރައީސް މައުމޫނުގެ ދައުރުގައި ޖަލަށްލާ ދެމުންގެންދިޔަ އަނިޔާގެ ވާހަކައެވެ.
"ރައީސް މައުމޫންގެ ވަރަށް ގިނަ ވާހަކަ އަޅުގަނޑު ދެއްކިން ދެއްތޯ، އަޅުގަނޑު މިއަދު ބުނެލަން ބޭނުން، އަޅުގަނޑު ކީ ހުރިހާ ވާހަކައެއް ނިންމާލައިފިން މިހާރު، އެއީ އަޅުގަނޑު ދެއްކީ ޖަލަށްލުމާއި އަނިޔާގެ ވާހަކަ، ރައީސް މައުމޫން އެ ތަހަމްލު ކުރައްވައިފި، ރައީސް މައުމޫން އެކަން ދުނިޔޭގައި ހުންނަވައިގެން އިހްސާސް ކުރައްވައިފި، ތިމާގެ އަމިއްލަ ދަރިންނާއެކު ކުޑަ ގޮޅީގައި އޮންނަވައިފި،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މޫސަ ބިޑިއަޅުވައިގެން ޖަލަށް ގެންގޮސް ދެކޮޅަށް ތެޅުވީ އޭނަގެ އާއިލާ އެންމެ ކުރިމަތީގައި ކަމަށެވެ.
"އެހެންވީމަ އެ ހިސާބުން ފެށިގެން ރައީސް މައުމޫން ޖަލުން ނުކުމެވަޑައިގެންނެވި ހިސާބުން ފެށިގެން ދުވަހަކު ވެސް ބައްލަވަން ހުރޭ، ދުވަހަކު ވެސް ދެން އަޅުގަނޑެއް ރައީސް މައުމޫން ދުނިޔޭގައި ކިތަންމެ ޒަމާނަކު ހުންނެވިޔަސް އެއްޗެއް ނުކިޔާނަން، އަދި ރައީސް މައުމޫންގެ ބޭފުޅަކަށް ވެސް އެއްޗެއް ނުކިޔާނަން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެހެން ނަމަވެސް ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދާއެކު އެއް ޕާޓީއެއްގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި ސިޔާސީ ގޮތުން އެފިކުރުތަކާއެކު ނުހުންނަވާނެ ކަމަށެވެ.
މައުމޫނު ޖަލުން ތައުބާވެއްޖެ، ހިތް ސާފު: މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ