އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުޙިއްމު އެއް ބައިވެރިޔަކީ އިންޑިޔާކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ޒަމާނުންސުރެ އިންޑިޔާ އިން ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް މުހިއްމު ހިއްސާއެއްވެސްވާކަމުގައެވެ. ހަމައެހެންމެ، ދެ ޤައުމުގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމިގެން ގޮސްފައިވަނީ އިންޑިއާ އަވަށްޓެރި ޤައުމަކަށްވުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް އެއްގޮތް ސަޤާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.
އިންޑިޔާއިން ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޮޑެތި އެހީތަކަށް ފޯރުކޮށްދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއިރު، އިޖުތިމާޢީ ދާއިރާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ޙައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ޙިއްޞާކުރައްވައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވައިފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ވެސް މިނިސްޓަރު ދެއްވައިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
އިންޑިޔާއަކީ އިޖުތިމާޢީ ދާއިރާގެ މުޙިއްމު ބައިވެރިއެއް - ޝިދާތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ