އެންމެ ފަހުގެ ސްނެޕްޑްރެގަން އެކްސް2 އެލީޓް ޗިޕާއެކު ގެލެކްސީ ބުކް 6 އެޖް ދައްކާލައިފި

ސެމްސަންގުން އެންމެ ފަހުގެ ސްނެޕްޑްރެގަން އެކްސް2 އެލީޓް ޗިޕާއެކު ގެލެކްސީ ބުކް 6 އެޖް ދައްކާލައިފިއެވެ. މިއީ ކުއާލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން އެކްސް2 އެލީޓް" ޕްރޮސެސަރު ބޭނުންކޮށްގެން އެ ކުންފުނިން އުފެއްދި ފުރަތަމަ ލެޕްޓޮޕެވެ. މި ލެޕްޓޮޕް ފަރުމާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގިނަ ފީޗާތަކަކާއި، ގެލެކްސީ އިކޯސިސްޓަމްގެ ވަސީލަތްތައް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގޮތަށެވެ. މި އާ ލެޕްޓޮޕްގައި ހިމެނެނީ 16 އިންޗީގެ ޑައިނާމިކް އެމްއޯއެލްއީޑީ 2އެކްސް ޓަޗްސްކްރީން ޑިސްޕްލޭއެކެވެ. މީގެ އިތުރުން މީގައި 16 ޖީބީގެ ރޭމް އާއި އެއް ޓީބީގެ ސްޓޯރޭޖް ހިމެނޭއިރު، އެއްފަހަރު ޗާޖުކޮށްލައިގެން 22 ގަޑިއިރާއި ހަމައަށް ވީޑިއޯ ބަލައިލެވޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ފިންގަޕްރިންޓް ރީޑަރެއްގެ އިތުރުން ސެމްސަންގް ނޮކްސްގެ ރައްކާތެރިކަންވެސް މި ލެޕްޓޮޕަށް ވަނީ ދީފައެވެ. ގެލެކްސީ ބުކް 6 އެޖް ލެޕްޓޮޕަކީ އޭއައި ޓެކްނޮލޮޖީއަށް ޚާއްސަކޮށްގެން "ކޯޕައިލެޓް+ ޕީސީ" ޕްލެޓްފޯމަށް ފެތޭ ލެޕްޓޮޕެއް --- އެމެރިކާގެ ބާޒާރުގައި މި ލެޕްޓޮޕްގެ އަގު އުޅެނީ 2,099.99 އެމެރިކާ ޑޮލަރުގައެވެ. މިވަގުތު ސެމްސަންގްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެމެރިކާގައި މި އުފެއްދުން ގަންނަން ލިބޭނެއެވެ. ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުގެ ބާޒާރަށް މި ލެޕްޓޮޕް ނެރޭނެ ތާރީޚެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. ގެލެކްސީ ބުކް 6 އެޖް ލެޕްޓޮޕަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ޚާއްސަކޮށްގެން މައިކްރޯސޮފްޓުން ތައާރަފްކޮށްފައިވާ "ކޯޕައިލެޓް+ ޕީސީ" ޕްލެޓްފޯމަށް ފެތޭގޮތަށް، ކުއާލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން ޕްރޮސެސަރުތަކާއެކު ސެމްސަންގުން ނެރެމުންދާ ސިލްސިލާގެ އާ އުފެއްދުމެކެވެ. މީގެ ކުރިން ނެރުނު ގެލެކްސީ ބުކް އެޖް މޮޑެލްތަކަށްވުރެ މިފަހަރުގެ ލެޕްޓޮޕްގައި ހިމެނޭ "ސްނެޕްޑްރެގަން އެކްސް2 އެލީޓް" ޗިޕުގެ ސަބަބުން، އޭއައިގެ މަސައްކަތްތައް ސިކުންތަކު 80 ޓްރިލިއަން އޮޕަރޭޝަންސްގެ ދުވެލީގައި މަސައްކަތްތައް ނިންމާލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ އެޕަލްގެ އެމް-ސީރީޒް ޗިޕްތަކާއި އިންޓެލްގެ އެންމެ ފަހުގެ ޕްރޮސެސަރުތަކާ ވާދަކުރުމަށްޓަކައި، ބެޓެރީގެ ބާރު ދިގު މުއްދަތަކަށް ހިފަހައްޓައިދޭ އަދި ލެޕްޓޮޕް ހޫނުވުން ކުޑަކޮށްދޭ އާ ފަރުމާއަކަށް ބިނާކޮށް ސެމްސަންގުން ބާޒާރަށް ނެރުނު އެންމެ ކުރިއަރާފައިވާ އެއް ލެޕްޓޮޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ