އައްޑޫ ސިޓީ ހުޅުދޫގައި ބިނާ ކުރި އައު މިސްކިތް ހުޅުވައިފި

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާ ކުރެެއްވި މިސްކިތް ހުޅުވައިފިއެވެ.
އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާ ކުރެެއްވި މިސްކިތް "މަސްޖިދު ޒުލައިޙާ މުޙައްމަދު" ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް މިސްކިތެއް ބިނާކުރެއްވިކަމަށްޓަކައި އެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ