ހިމަބިހި ޖެހޭ މީހުން އިތުރުވަނީ
ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު 20 އަށް އަރައިފި އެވެ.އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް މިދިޔަ ހަފުތާގައި އެކަނި ވެސް އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވިއްސަށް އަރައިފަ އެވެ.ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ނުދެ އެވެ.ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވާ ބައްޔެކެވެ.ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ