ރާއްޖެއިން ނައްތާލާގައިވާ ހިމަބިހި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަމުންދާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް މިދިޔަ ހަފުތާގައި އެކަނި ވެސް އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވިއްސަށް އަރައިފަ އެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ#measles pic.twitter.com/kM7STnbnuy— Health Protection Agency (@HPA_MV) June 16, 2026
ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ބަލީގެ އާލާމާތް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ބައެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްގަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
ހިމަބިހި ޖެހޭ މީހުން އިތުރުވަނީ، މިދިޔަ ހަފްތާވެސް 5 ކޭސް ފެނިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ