އަދީބުއަށް ވީޕީކަން ދީފިނަމަ ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާނެކަމަށް މައުމޫން ވިދާޅުވި: މަހްލޫފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާށް ދެއްވައިފިނަމަ ރައީސް ޔާމީނަށް ކުރެއްވި އިތުބާރު އަނބުރާ ގެންދަވާނެކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެެއްގަ އެވެ. އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައި ވަނީ ރައީސް މައުމޫން ރައީސް ޔާމީނަށް ފޮނުއްވީ ސިޓީއެއް ކަމަށެވެ. އެސްއެމްއެސް އެއް ނޫން ކަމަށެވެ.
“އެ ސިޓީގައިވަނީ އަދީބަށް ވީޕީކަން ދީފިނަމަ ކުރެއްވި ތާއީދު ގެންދަވާނެ ކަމަށް” މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
Raees Maumoon RYameen ah fonuvvee sitee eh,SMS eh noon.E sitee ga vanee Adheeb ah VP kandheefinama Yameen ah kurevvi thaaeedh gendhaanekamah
— Ahmed Mahloof (@AhmedMahloof) July 19, 2015
މި ޓްވީޓް ކުރެއްވުމަށްފަހު މިކަމާ ގުޅުވައި، މަހްލޫފް ވަނީ އިތުރު ޓްވީޓެއްވެސް ކުރައްވާފަ އެވެ. ފަހުން ކުރެއްވި ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ “ތަޖްރިބާގެ ގޮތުންނާއި އިލްމީ ގޮތުން ބަލާއިރުވެސް، އަދީބަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައި” ވާކަމަށެވެ.
Thajuribaage gothunna ilmee gothun balaairuves Adheeb akee Qaumah bodu nurakkaleh kamahves RMaumoon vidhaalhuvefavey https://t.co/8MGIB4sKiw
— Ahmed Mahloof (@AhmedMahloof) July 19, 2015
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ