ރައްޔިތުންގެ މަޖުލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދަށް ބަޔަކު ޙަމަލާދީ މާރާމާރީ ހިންގައިފިއެވެ.
ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވަމުން އިލްހާމު ވިދާޅުވީ އޭނާއަށް ޙަމަލާދީ، މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާފަންނުގައި ހުންނަ ފަލާޙް ޕްރީ ސްކޫލު ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ކަމަށެވެ.
އަދި އޭރު ސައިކަލުގައި އިލްހާމުގެ ކުޑަ ދަރިފުޅުވެސް އިންކަމަށާއި ޙަމަލާދިން މީހުން ވަރަށް ހަޑިހުތުރު ބަހުން މުޚާތަބު ކޮއްފައިވާކަމަށްވެސް އިލްހާމު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިލްހާމުގެ ދަރިފުޅަށް ކޮންމެވެސް ވަރަކަށް ނަފްސާނީގޮތުން އަސަރުކޮއްފައިވާ ކަމަށްވެސް އިލްހާމު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އިލްހާމް އަޙުމަދަށް ޙަމަލާދީ، މާރާމާރީ ހިންގާފައިވާކަން ދުވަސްއެމްވީއަށް ކަށަވަރު ކޮއްދެއްވާފައިވާ އިރު، އޭނާ ވިދާޅުވީ ޙަމަލާދިންކަމަށް ބޮޑަށް ލަފާކުރެވެނީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށެވެ. މި ޙަމަލާގައި މާބޮޑު އަނިޔާތަކެއް ލިބިވަޑައިނުގެން ނަމަވެސް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާކަންވެސް އިލްހާމުވަނީ ދުވަސްއެމްވީއަށް ޔަގީންކޮއްދެއްވާފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.
ދަނގެތީ ދާއިރާގެ މެމްބަރަށް ބަޔަކު ޙަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ