ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމިކޯއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވި މި މުހިންމު އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ