ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފިއެވެ.
މިއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ހިންގި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ޚާއްޞަ ރީޑިން ކޯނާއެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދީފައެވެ. ހަނިމާދޫ ސްކޫލަށް އާންމުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް އެ ސްކޫލްގެ ލައިބްރަރީއަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަނެފައިވާ ފޮތްތަކެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ، ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ ސްކޫލު ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއެކު، އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ، މުޖުތަމައަށް ފައިދާކުރާނެ ފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފު ކޮށްފައިވާ ފަންޑެކެވެ.
މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގަ ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ