ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މާލެއާއި ހުޅުމާލެ ގުޅުވާލުމަށް އެޅި ސިނަމާލެ ބުރިޖު، ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.މިކަމަށްޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ ވަޒީރުންނާއި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރާއެކު ލޭޒަރ ލައިޓްގެ އިތުރުން ރާއްޖެއާއި ޗައިނާގެ ސަގާފީ ކުޅިވަރުތައް ދައްކާލާފައިވެއެވެ. އާޓިފިޝަލް ބީޗް ސަރަހައްދުންނާއި ކާނިވާ ސަރަހައްދުން މި ހަރަކާތް ބެލުމުގެ އިންތިޒާމު އާއްމު ރައްޔިތުންނަށް ހައުސިންގް މިނިސްޓްރީއިން ހަމަޖައްސަވައިދެއްވުމާއި ގުޅިގެން ގިނަ އަދަދެއް ރައްޔިތުން ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ސަރަހަދައް ވަނީ ޖަމާވެފައެވެ. އަދި އެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ އާއްމު ރައްޔިތުން ބައިވެރިކުރުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
ސިނަމާލެ ބުރިޖަކީ ކަނޑު ހުރަސްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އާބާދީ އެއްފަސްކޮށް ތަރައްޤީ ކުރަމުންދާ ހުޅުމާލެއަށް ކުރާ ދަތުރުތައް އެއްގަމުމަގުން ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީ، ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އަވަހަށް ދަތުރުފަތުރުކުރެވޭނޭ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢެކެވެ.ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވޭނެއެވެ. މިރޭގެ ރަސްމިއްޔާތުގައި ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރިޖަށް ޒިޔާރަތް ކުރައްވައި ބުރިޖު ބައްލަވައިލައްވައިފައެވެ.
މި ތާރީޚީ ރަސްމިއްޔާތުގައި ބަޑިބޭހުގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ގިނީސް ވޯލްޑް ރިކޯޑް ފޮތުން ބަޑިބޭހުގެ ޙަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގުމުގެ ޝަރަފު ހާޞިލްކޮށްފައިވާ ފަޔަރ ވޯރކްސް ބައި ގްރޫޗީއެވެ. އަދި، ލޭޒަރ ލައިޓްގެ ހަރަކާތްތައް ކުރިޔަށްގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ލޭޒަރ ޑިސްޕްލޭ އެސޯސިއޭޝަންގެ 30 އެވޯޑް ހާޞިލްކޮއްފައިވާ ކެވަންޓް ލޭޒަރސް އިންނެވެ. ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިނަމާލެ ބުރިޖު ހުޅުވިގެން ދިޔުމަކީ ދިވެހިންގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމުގެ އުންމީދު އާލާވެ، ދިވެހިންގެ ކުރިމަގަށް ހުޅުވިގެންދިޔަ އަލި މަގެއްކަމަށެވެ.މީގެއިތުރުން، އެ ބުރިޖަކީ ދިވެހިން ޔޫތު ސިޓީ އަދި ދިވެހި ޒުވާނުންގެ އާ މަދީނާކަމުގައިވާ ހުޅުމާލެއަށް ދަތުރުކުރުމަށް ލިބޭ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ ޒަމާނީ ދިރިއުޅުމެއްގެ އުފާވެރިކަން ދިވެހިންނަށް ހޯއްދަވައި ދެއްވައި، ވަޞީލަތްތައް ޤާއިމުކުރެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވައިފި
19 މިނެޓް ކުރިން
"ރައްޔިތުން ސިނަމާލެ ބުރިޖަށް ވެދުމާދިއުން" ސެޕްޓެމްބަރ 1ގައި
1 ގަޑި ކުރިން
ރިންގް ރޯޑުގެ އަލަށް ތާރު އެޅި ބައި އާންމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު 3 ގައި: ހައުސިންގް މިނިސްޓް...
2 ގަޑި ކުރިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިނަމާލެ ބުރިޖު ބައްލަވާލައްވައިފި
3 ގަޑި ކުރިން
ބުރިޖު ހުޅުވާ ތަނަށް ވަޑައިގެންނެވި އިދިކޮޅު ދެ މެމްބަރުންނަށް ޕީޖީ ލީޑަރު ނިހާން މަރުހަބާ ދަންނަވައ...
3 ގަޑި ކުރިން
އަޅުގަނޑުމެން މިރޭ މި އިފްތިހާލު ކުރަނީ ތަރައްޤީއާއި ތަމައްދުންގެ އާ ރަން ޒަމާން: ރައީސް
3 ގަޑި ކުރިން
ކޮލަމާފުށީގައި އެމްޑީޕީން ހިންގީ ޖިނާއި ބޮޑު ޖަރީމާއެއް: ނިހާން
23 ގަޑި ކުރިން
ކޮލަމާފުށީގައި ހިންގި ޖަރީމާ ފުލުހުންނަށް ވާނީ ހުށަހަޅާފަ: ޕީޕީއެމްގެ ޑީއެސްޖީ އިގްބާލް
23 ގަޑި ކުރިން
ބުރިޖު ހުޅުވާ ތަނަށް ވަޑައިގެންނެވި އިދިކޮޅު ދެ މެމްބަރުންނަށް ޕީޖީ ލީޑަރު ނިހާން މަރުހަބާ ދަންނަވައިފި
3 ގަޑި ކުރިން
ރައީސުލްޖުމްހޫރިއްޔާ، ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވައިފި
5 ގަޑި ކުރިން
ހުޅުމާލޭ މަގުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފި
11 ގަޑި ކުރިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިނަމާލެ ބުރިޖު ބައްލަވާލައްވައިފި
3 ގަޑި ކުރިން
ގުޅުން ހުރި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވައިފި
19 މިނެޓް ކުރިން
34
0
"ރައްޔިތުން ސިނަމާލެ ބުރިޖަށް ވެދުމާދިއުން" ސެޕްޓެމްބަރ 1ގައި
1 ގަޑި ކުރިން
18
0
ރިންގް ރޯޑުގެ އަލަށް ތާރު އެޅި ބައި އާންމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު 3 ގައި: ހައުސިންގް މިނިސްޓްރީ
2 ގަޑި ކުރިން
5
0
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިނަމާލެ ބުރިޖު ބައްލަވާލައްވައިފި
3 ގަޑި ކުރިން
61
0
ހޯމް
ނިއުސް ޑްރޮޕް
އަހަރެމެން
© 2017 Channel13 - 13news.mv
jwplayer.key='g3mGrL4oq8GfnuBRKaRVaJ8sb+rVFrqUiBGwog==';Loading...
var playerInstance = jwplayer('mediaplayer');
playerInstance.setup({playlist: [{sources: [
{file: 'rtmp://fl1.viastreaming.net:1935/channel13/livestream'},
{file: 'http://fl1.viastreaming.net:1935/channel13/livestream/playlist.m3u8'}]}],
primary: 'html5', autostart: 'false', width: '100%', height: '350'});
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ