ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުގެ ނަތީޖާ ވަރަށް ރަނގަޅު: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނަ އިރު ފޫކޮޅު ނިވާވާވަރުގެ ހެދުމެއް ލާގޮތަށް އުސޫލަށްގެނައި ބަދަލަށް ހުރިހާ މުވައްޒަފުންގެ ވެސް އެއްބާރުލުން ލިބިގެންދާ އިރު އެބަދަލު ގެނައި މަގުސަދު ހާސިލްވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އެގަވައިދަށް އެކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް އަމަލު ކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެން ބޯޑުން އެގޮތަށް ނިންމީ، ވަކިން ފޯސްއެއް ނުކުރަން، އަދި ވަކި ދުވަހެއްގެ ކުރިން ހެދުން އަޅަން ނުވެސް އަންގެން، ނަމަވެސް ވަރަށް ރަނގަޅަށް މުވައްޒަފުން ހެދުން އަޅަނީ،" ޝަރީފް ވިދާޅުވި އެވެ. ފެނަކަ ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ ފެނަކަ ކޯޕަރޭޝަން އޭނާ ވިދާޅުވީ އެގޮތަށް އެބަދަލުގެނަންނަން ނިންމީ މުވައްޒަފުންނާ ގުޅޭ ގޮތުން ބޭރު ތެރޭގަޔަ އާއި ކަސްޓަމަރުންގެ ފަރާތުން ދައްކާ ނޭދެވޭ ވާހަކަތަކުން މުވައްޒަފުން ސަލާމަތް ކުރުން ކަމަށާއި އެމަގުސަދު ހާސިލްވަމުން އަންނަ ކަމަށެވެ. މިދިޔަ ހަފްތާގައި އެކުންފުނީގެ އެކޯޕަރޭޝަންގެ ހެދުން އެޅުމާ ބެހޭ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަޒީފާއަށް ނުކުންނަ އިރު އަންހެން މުވައްޒިފުން ބެގީކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ. އަލަށް ހެދި ގަވާއިދު ބުނާ ގޮތުން ޖީންސް ފޮތީގެ ހަރުވާޅާއި ބެލްސް އަދި ފަޓްލޫން ވެސް ރަސްމީ ގަޑީގައި ލުމަކީ މަނާކަމެކެވެ. އެކޯޕަރޭޝަންގެ ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ދިގުނަމަ ރަސްމީ ގަޑީގައި ހުންނަން ވާނީ ރީތިކޮށް ފުނާއަޅައި އައްސާފައި ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ހުޅިޖަހާފައި ބެހެއްޓުން ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ