އިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާގެ 'ކުރަފި ޕާޓީ' މަގުމައްޗަށް

މި ހަރަކާތް އުފެދެން މެދުވެރިވީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު، ސަރުކާރަށް ފާޑުކިޔާ ޒުވާނުންނަކީ "ކުރަފި" އަދި "ޕެރަސައިޓް" ތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެންނެވެ. އެކަމާ ނުރުހުން ފާޅުކޮށް ޒުވާނުން ވަނީ އެ ނަން ފަހުރުވެރިކަމާއެކު ބޭނުންކުރަން ފަށާފަ އެވެ. މިހާރު ސީޖޭޕީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 22 މިލިއަނަށް އަރާފައިވާއިރު، މިއީ ވެރިކަންކުރާ ބީޖޭޕީއަށްވުރެ މާ ގިނަ އަދަދެކެވެ.
އިންޑިއާގެ ޒުވާނުންގެ މެދުގައި ވަޒީފާ ނެތް ނިސްބަތް 16 ޕަސެންޓުގައި ހުރިއިރު، ތައުލީމީ ނިޒާމަށް ދިމާވެފައިވާ މިފަދަ މައްސަލަތަކުގެ ސަބަބުން ނުރުހުން ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ