‎ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަނީ

ޕާކް ކުރުން މަނާ ސަރަޙައްދެއްގައި ޕާކްކޮށްފައިވަނިކޮށް ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
ސައިކަލްގެ NF125MSE 5000021 ނަންބަރު އިންޖީނުގެ ވެރިފަރާތް ހޯދަމުންދަނީ 2016 ސެޕްޓެމްބަރު މަހުގެ 07 ވަނަ ދުވަހު އޭޑީކޭ ކައިރިން ޕާކްކުރުން މަނާ ސަރަޙައްދެއްގައި ޕާކްކޮށްފައި ހުއްޓާ ޓޯވކުރި ސައިކަލެއްގެ އިންޖީނު ނަމްބަރާއި ޗެސިސް ނަންބަރު ދިމާނުވާ މައްސަލައަކާ ގުޅިގެންނެވެ.
އިންޖީނުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންޖީނުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމުން އިންޖީނު ލިބޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވިއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާ ކުރާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ