ޝަމްއާންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި ޝަމްއާންގެ އިތުރުން ދައުވާ ކުރަން ފޮނުވާފައި ވަނީ ތ. ބުރުނި، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އާއި އެގޭ ހަސަން ސެހެޝާން (47އ)ގެ އިތުރުން މ. ހާޒާރީވިލާ، އަހުމަދު ލައްސާން (40އ) އެވެ. މި އެންމެން ވެސް ތިބީ ބަންދުގަ އެވެ.ފުލުހުން މިއަދު ބުނީ މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެ މައްސަޕަ ޕީޖީ އޮފީހުން ވަނީ ބަލައިގެންފަ އެވެ،މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.
ޑިޓެންޝަން ސެންޓަރަށް ގެންދިޔަ މީހާ ދޫކޮށްލުމަށްފަހު، ރާވައިގެން އެމީހާ އަތުން ފައިސާ ހޯދުމަށްފަހު، އެ ފައިސާތައް ގެންދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އަމަލު ހިންގި ގޮތުގެ ތަފްސީލް ވެސް ފުލުހުން ވަނީ ކުރިން ކިޔައިދީފަ އެވެ.މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާ އާއި 10،000 ޑޮލަރު އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ