ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލްކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަޙުޤީޤަށް، އެ މަނިކުފާނު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުން ކެންސަލް ކޮށްފިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ނިންމައި ޝަހީދު ހުސެން އާދަމް ބިލްޑިންގ ސަރަޙައްދު މިއަދު ބަންދުކުރި ނަމަވެސް މިހާރު ވަނީ އެކަން ކެންސަލްކޮށް އެ ސަރަޙައްދު ވެސް ހުޅުވާލާފަ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު "ވޮއިސް"އަށް ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން މިއަދަށް ތާވަލްކޮށްފައި އޮތް ނަމަވެސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ. ކެންސަލް ކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރުމަށްފަހު ކުޑަ ވަގުތު ކޮޅަކަށް އެމަނިކުފާނުގެ ގެކޮޅަށް ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ