ފެނާއި ކަރަންޓް ބިލު ކުޑަކޮށްދޭން މޭޔަރު ގޮވާލައްވައިފި

މާލެ ސިޓީގެ ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ބައެއް އުނިކޮށް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު މިރޭ ކުރެެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19ގެ ނުރައްކާތެރި މި ހާލަތުގައި މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާންކޮށްފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއް ވެސް މާޗް މަހުން ފެށިގެން ޖޫންއާ ހަމައަށް އާއްމު ގޮތެއްގައި ދެ މިގެންދާނީ ރާއްޖޭގެ ހޫނު މޫސުމެވެ. މި މަސްތަކުގައި ކަރަންޓް ބިލް ވަރަށް ބޮޑުވެއެވެ. ކުރިއަށް އޮތް މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރީން ސަރުކާރުން ވަނީ ފެނާއި ކަރަންޓް ބިލުން ބައެއް އުނިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ