ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅަކަށް ރައްޔިތުން ވޯޓެއް ނުދޭނެ: ޤާސިމް

ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅަކަށް ދިވެހިރައްޔިތުން ވޯޓެއް ނުދޭނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޖުމްހޫރީ ޕާޓީން ރޭ ށ. ގޮއިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ “ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅަކަށް ދިވެހިރައްޔިތުން ވޯޓެއް ނުދޭނެ” ކަމަށެވެ. ކުރީގެ ރައީސް ނަޝީދު ޑެންމާކަށް ކުރި ދަތުރުގައި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ކަމަށް ބުނެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުމަުން ގާސިމް ވިދާޅުވީ “ރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި ނަގަހައްޓަން މަސައްކަތް ކުރައްވާ އެއްވެސް މީހަކު ނަޝީދަށް ވޯޓު ނުދޭނެ ކަމަށާއި ރައްޔިތުން ވޯޓުދޭނީ މާތްވެގެންވާ އިސްލާމްދީނާއި، ގުރުއާނާއި ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅަކަށް”ކަމަށެވެ.ރޭ ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހިނަވާ ގެއެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ