ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބު ކުރި މެންބަރު ލަތީފާ ގާސިމް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ލަތީފާއާއި ހަވާލުކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ލަތީފާ ވަނީ ކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުޖުތާޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ފަރާތުން އިންތިޚާބުކުރާ މެމްބަރަކަށް ލަތީފާ ހޮވިވަޑައިގަތީ، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ލަތީފާ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމްއާ ވާދަކުރައްވާ 238 ވޯޓުންނެވެ. ޝަމީމަށް ލިބިވަޑައިގެންނެވީ 163 ވޯޓެވެ.
ލަތީފާއަކީ މީގެ ކުރިން ވެސް ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ލަތީފާ ގާސިމް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ