މިއަދު އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަހުމަދު ޒިޔާދު އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނު ޒިޔާދަށް މަރުހަބާ ދަންނަވާފައިމިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.
ޑރ. ޒިޔާދު އެމަގާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒިޔާދު މަގާމާ ހަވާލުވެވަޑައިގަތީ މިއަދު ހެނދުނެވެ.
ޑރ. ޝަހީމް މިނިސްތަރު ކަމުން އިސްތިއުފާ ދެއްވީ އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން، ސަރުކާރުގައި ތިއްބެރި އެޕާޓީގެ މެމްބަރުން ސަރުކާރުން އިސްތިއުފާ ދޭން އެންގި އެންގުމާ ގުޅިގެންނެވެ.
ރައީސް މައުމޫން ވަނީ ޝަހީމް ކޮށްދެއްވި ހިދުމަތްތަކަށްޓަކައި އޭނާ އަށް ޝުކުރު އަދާ ކުރައްވާފައެވެ.
މައުމޫން އިސްލާމިކް މިނިސްޓަރު ޒިޔާދަށް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ