ހދ. އަތޮޅުގެ އިތުރު 4 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފި
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ. ބީއެމްއެލުން އޭޓީއެމްގެ ޚިދުމަތް އަލަށް ފަށާފައިވަނީ ހދ. ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމުގައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާކަމަށާއި، ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިޔުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަޚުރެއް ނޫންކަމަށެވެ. އެއީ މުޅި މުޖުތަމައުއަށް ލިބޭ އުފަލެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްގެ 20 އަތޮޅުގައި 41 ބްރާންޗްއާއި 150 ސެލްފްސާވިސް ބޭންކިން ސެންޓަރު ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ