ހަންކެޑެ މަޝްރޫއު ހުއްޓާލުމުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ: ފައްޔާޒު
އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ފެށި ހަންކެޑެ މަޝްރޫއު މި ސަރުކާރުން ހުއްޓާލައިފި ކަމަށާއި އޭގެ ސަބަބުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ. ހަންކެޑެ މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއެކެވެ. މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފުތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. ހަންކެޑެ ----- ނަމަަވެސް، އެ ނިންމުމާ ދެކޮޅަށް، ސަރުކާރުން މިހާރު ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފައެވެ. އެ މަޝްރޫއާ ގުޅުވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަންކެޑެގައި ފަށަން އޮތް އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެގޮތުން، މި މަޝްރޫއު ހުއްޓާލަން ޖެހުނީ ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާ ކަމެއް ނެތުމުން ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ. އެ ކަމުގެ ސަބަބުން، އިގުތިޞާދީ މިނިވަކަން ހޯދަން އައްޑޫއިން ކުރި މަސައްކަތަށް ގެއްލުނު އަގުހުރި ވަގުތުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދައްކަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް: އޭނާ ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލުމަކީ އިގުތިޞާދީ މިނިވަންކަން ހޯދަން އައްޑޫން ކުރި މަސައްކަތަށް ގެއްލުނު ވަގުތުތަކެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް މީގެކުރިން ވެސް ހަންކެޑެގައި ހަލާލް ޓޫރިޒަމް ކުރިއަރުވާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އައްޑޫގައި ސަރުކާރުން ހަލާލު ޓުއަރިޒަމް ހިންގަން ބޭނުންނަމަ، މިހާރު ކުރިއަށްދާ މަޝްރޫއެއް ނުހުއްޓުވައި، އެކަން އެހެން ރަށެއްގައި ކުރެވިދާނެ ކަމަށެވެ. އެގޮތުން، އެ އަތޮޅުގެ ގައުކެނޑި ނުވަތަ ސަވާހެލީގައި އެކަން ކުރެވިދާނެ ކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. މި މަޝްރޫއާ ގުޅުވައި އިތުރަށް ފައްޔާޒް ވިދާޅުވީ، މިކަމަށް ކޮންސެޕްޓުން ފެށިގެން މަޝްރޫއަށް ބޭނުންވާ ފައިސާ ޗައިނާގެ ދައުލަތް ހިއްސާވާ ބޭންކަކުން ހަމަޖައްސާފައި ހުރި ކަމަށާއި ސަރުކާރު ބަދަލުވީއިރު އެ މަޝްރޫއު އޮތީ އިޝިއަލް މަރުހަލާގައި ކަަމަށެވެ. އަދި، ނުކޮށް އޮތް ހަމައެކަނި އޮތީ ލޯނު އެއްބަސްވުމުގައި ސޮއިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒްގެ އިތުރަށް ހަންކެޑެގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢިލް ނިޒާރާއި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ، ސަރުކާރަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާން ވަނީ ދެކޮޅު ހައްދާފައެވެ. https://sun.mv/207988 ހަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަކޮށް ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. އައްޑޫ ސިޓީ ހަންކެޑޭގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ