ސަމާލުވޭ! މޫސުން ގޯސް!

މީސުން ގޯސް ވެފައިވާތީ މޫސުމަށް ސަމާލުވުމަށް ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
މޫސުން ގޯސްވެ، ތ. އަތޮޅުން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ޔެލޯއެލާޓު ވެސް ނެރެފައވެ.
މެޓް އޮފީހުން އެސަރަހައްދަށް މިއަދު މިއަދު 15:00 އިން 17:30 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ވޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް މެންދުރު ފަހު 14:30 އިން 18:30އަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީވެ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ