ގދ. ތިނަދޫ ޖެޓީގައި ލޯންޗެއް ޖެހި ބަޔަކަށް އަނިޔާވެގެން ފަރުވާދެނީ ގދ. ތިނަދޫ ޖެޓީގައި ލޯންޗެއް ޖެހި ބަޔަކަށް އަނިޔާވެގެން ފަރުވާދެނީ

ގދ. ތިނަދޫގައި ފެރީ ޓާމިނަލަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ބަޔަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށާއި ކެޕްޓަނުގެ އިތުރުން ފަޅުވެރިޔާއަށް އަނިިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
"އަނިޔާ ވެފައިވަނީ ދިވެހި ދެ ފިރިހެނުންނަށް އަދި ދިވެހި ދެ އަންހެނުންނަށް،" ފުލުހުން ބުންޏެވެ.
އެ ލޯންޗު އެކްސިޑެންޓުވި ވަގުތު އޭގައި ތިން އަންހެނަކާއި އެއް އަހަރުގެ ތުއްތު ކުއްޖެއްގެ އިތުރުން ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއަކު ހިމެނޭ ގޮތަށް ހަ މީހުން ތިއްބެވެ.
އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުދަތުރުފަތުރުކުރާ އުޅަނދުތައް ބާރު ސްޕީޑުގައި ދުއްވާ މައްސަލަ ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ. މިގޮތުން ބާރު ސްޕީޑުގައި ލޯންޗު ދުއްވާ ވީޑީއޯތައް ސޯޝަލް މީޑިއާގައި ދައުރުވުމުން އެ މައްސަލަ ފުލުހުން ބަލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ