ބޭންކް އޮފް ސިލޯނުން ނެގި އޯވަރޑްރާފްޓަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ޖާހު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ބޭންކް އޮފް ސިލޯނުން ޖާހްއަށް ދޫކުރި ޓެމްޕްރަރީ އޯވަރޑްރާފުޓް ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީވެ އެ ބޭންކުން ކުރި ދައުވާއާ ގުޅިގެންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އޯވަރޑްރާފުޓް ފެސިލިޓީއާ ގުޅިގެން އިންޓްރެސްޓާއެކު ޖުލައިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އަރާފައިވާ 2،001،310.39 ރުފިޔާ ދުވަހުން ދުވަހަށް ޗާޖްކުރާގޮތަށް އަހަރަކު 19 އިންސައްތައިގެ ރޭޓުން މިއަދުން ފެށިގެން7 ދުވަހުގެ ތެރޭގައި ބޭންކް އޮފް ސިލޯނަށް ދައްކައި ހަލާސްކުރުމަށް ޖާހުގެ މައްޗަށް އަންގާފައެވެ.
ޖާހުގެ މައްޗަށް ބޭންކް އޮފް ސިލޯނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނުއިރު، އެކުންފުނީގެ ހިއްސާދާރުން ހިމެނޭ ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ "ދަ ގާޑަންސް" ޕްރޮޖެކްޓްވެސް މިހާރުވަނީ އެހެންބަޔަކާ ހަވާލުކޮށްފައެވެ. އެޗްޑިސީން ދަ ގާޑަންސް ޓަވަރު ޖާހް އިންވެސްޓްމަންޓު އަތުން ނަގާފައިވަނީ އެތައް ތާރީހުތަކެއް ދިނުމަށްފަހުވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުންނެވެ. ދަ ގާޑަންސް ޓަވަރު ނިންމަން ހަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.
ޖާހް އިންވެސްޓްމަންޓުން ދަ ގާޑަންސް ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރެވެ.
ޖާހު ކުންފުނިން ސިލޯނު ބޭންކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ