ގދ. ތިނަދޫ ޖެޓީ އާ ކައިރި ކުރި ލޯންޗެއް ކޮންޓްރޯލު ނުވެ، އެކްސިޑެންޓެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ތިނަދޫ ފެރީ ޓާމިނަލް ޖެޓީ އަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލު ނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު1:50 ހާއިރު ކަމަށެވެ.
ތަފްސީލް - އެ ލޯންޗުގައި ފަޅުވެރިންނާއެކު ޖުމްލަ ހަ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.
އެއީ
1 އަހަރުގެ ކުޑަކުއްޖެއް
3 އަންހެނުން
ކެޕްޓަން
1 ފަޅުވެރިޔެއް
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށް އަދި ކެޕްޓަނަށާއި ފަޅުވެރިޔާ އަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވެފައިވަނީ:
ކެޕްޓަން،50އ ގެ ދިވެހި ފިރިހެނެއް
ކްރޫ:29އ ގެ ދިވެހި ފިރިހެނެއް
25 އަހަރުގެ އަންހެނަކަށް
28 އަހަރުގެ އަންހެނަކަށް
މި4 މީހުންނަށް ވެސް ތިނަދޫ ގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ތިނަދޫ ގައި ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި 4 މީހުންނަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ