ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަން އެޖެންޑާކޮށްފައި އޮތް ދުވަހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖަހާ ވީޑިއޯ އާންމުކޮށްފި އެވެ.
ފޭސްބުކްގައި ރިޔާޒު ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން ޕާކުކޮށްފައިވާ ސައިކަލެއްގެ މަތީގައި ދެ ޒުވާނަކު ރިޔާޒަށް ހަމަލަދޭން ތައްޔާރުވެގެން ތިބޭތަން ފެނެ އެވެ. އަދި ރިޔާޒު ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ސައިކަލުގައި ތިބި ދެ ޒުވާނުންގެ ތެރެއިން އެކަކު، ދުއްވާފައި ގޮސް ރިޔާޒު ގަޔަށް ކަޅުތެޔޮ ޕެކެޓެއް ޖަހާތަން ފެނެ އެވެ. އެ ހަމަލާދިން ސަލާމަތްވާން ރިޔާޒު މަސައްކަތް ކުރަނިކޮށް އޭނާގެ ބުރަކަށްޓަށް ކަޅުތެޔޮ ޕެކެޓް އަމާޒުވެ އެވެ.
މާވެޔޮމަގުން ޖުވޭސް ކެފޭ ކައިރީގައި ރިޔާޒަށް އެ ހަމަލާދިން ޒުވާނާ ދުވެ، ފިލާތަން ފެނެ އެވެ. އަދި އެކަކު ސައިކަލަކަށް އަރައިގެން ބާރަށް ދުއްވާފައިދާތަން ވެސް ވީޑިއޯއިން ފެނެ އެވެ. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_IN/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));Post by Abdulla Riyaz.
ޒިޔާޒަށް ހަމަލާދޭ ދެ މީހުންގެ މޫނު އެ ވީޑިއޯއަކުން ސާފުކޮށް ނުފެނެ އެވެ. ރިޔާޒަށް އެ ހަމަލާދިނީ މަޖިލީހަށް ވަޑައިގަންނަވަން ވެގެން އިއްޔެ ހެނދުނު ކާރަށް އަރައިވަޑައިގަންނަވަނިކޮށެވެ.
ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަބްދުﷲ ރިޔާޒު ގަޔަށް ކަޅުތެޔޮ ޖަހާ ވީޑިއޯ އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ