ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އެލް“ ގައި ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި، ޕެނަމާ އަތުން 1-0 ގެ ނަތީޖާއަކުން ގާނާ މޮޅުވެއްޖެއެވެ.
މެޗުގެ ފަހު ވަގުތު ކޭލެބް ޔިރެންކީ ކާމިޔާބުކޮށްދިން ގޯލުން ގާނާއަށް މި މުހިންމު ތިން ޕޮއިންޓް ލިބުނު އިރު، މިއީ ޕެނަމާގެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗަކަށްވީ އިރު، މެޗުގެ ފުރަތަމަ 60 މިނެޓުގައި ޕެނަމާ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި، ގާނާގެ ޑިފެންސަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް ގާނާގެ ކޯޗު ކާލޯސް ކުއޭރޯޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަރަށް ހިތްވަރާއެކު ޑިފެންސިވް ކުޅުމެއް ކުޅެ، ގޯލެއް ވަނަ ނުދީ ހިފަހައްޓާލިއެވެ.
މެޗުގެ ފަހުކޮޅު ގާނާ އިން ކުޅުން ރަނގަޅުކޮށް، ޕެނަމާގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެންޑަން ތޯމަސް-އަސާންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކޭލެބް ޔިރެންކީ ގޯލު ޖަހައި، ގާނާއަށް މޮޅު ހޯދައިދިނުމެވެ.
މި މޮޅާއެކު ގާނާއަށް އުންމީދެއް ހޯދިފައިވާ އިރު، ޕެނަމާއަށް ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ޕޮއިންޓް ހޯދުމުގެ ފުރުސަތު އަތުން ދޫވެފައެވެ.
މި މެޗަށްފަހު ގާނާ ދެން ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އަދި ޕެނަމާ ދެން ކުޅޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ފަހުވަގުތު ގާނާއިން ޕެނަމާ ރޮއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ