ކޮރަޕްޝަން ތަހުގީގަކާ ގުޅިގެން ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ ހައްޔަރު ކުރުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ފުލުހުންނާ ހަވާލަދީ ރޮއިޓާޒް ނޫހުން ބުނީ އޭނާ ހައްޔަރު ކުރީ ސްރީލަންކާގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ކޮމިޝަނުން ބުދަ ދުވަހު ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އެފް.ޔޫ. ވޫޓްލާ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔޯޝިތަ ހައްޔަރުކުރީ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ކަމަށެވެ.
އަދި އޭނާ ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިހާރު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ރާޖަޕަކްސަގެ ދެވަނަ ދަރިކަލުން ޔޯޝިތަގެ މައްޗަށް ތުހުމަތު ކުރެވެނީ، 2006 ވަނަ އަހަރު އޭނާ ސްރީލަންކާގެ ނޭވީއަށް ވެދެވަޑައިގަތުމުގައި އުސޫލުތަކުން ބޭރުން އަމަލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކޮރަޕްޝަން ބަލާ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.
ޔޯޝިތަ ރާޖަޕަކްސަ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ