ރޯމިއޯ ބެކަމް އޭނާގެ ޕޯޝޭ ކާރުގައި ކުއްތާއަކާ އެކު ދުއްވަމުން ފޯނު ބޭނުންކުރި މައްސަލައެއްގައި ކޯޓަށް ގެންގޮސްފި އެވެ.
އުމުރުން 23 އަހަރުގެ ރޯމިއޯ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސްޓްމިންސްޓާ ސަރަހައްދުގައި ފުލުހުން ހުއްޓުވީ ހުންގާނުން އަތް ނަގައި، ފޯނާ ކުޅެން އިން މަންޒަރު ފެނިގެންނެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ ވަގުތު ކާރުގައި އަންހެން ފަސިންޖަރަކު ވެސް އިނެވެ. އޭނާ ވެސް ފޯނާ ކުޅެން އިންއިރު، އޭނާގެ އުނގުމަތީގައި ކުއްތާއެއް އޮތެވެ.
ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، އުޅަނދު ކޮންޓްރޯލް ކުރެވޭ ފަދަ ހާލަތެއްގައި ނެތި ކާރު ދުއްވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
މި ކުށުގެ އަދަބެއްގެ ގޮތުން އޭނާ 440 ޕައުންޑުން ޖޫރިމަނާކޮށް، ލައިސަންސް އިން ތިން ޕޮއިންޓް ވަނީ އުނިކޮށްފަ އެވެ.
ސާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމްގެ ދަރިފުޅު، އަދި މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރާ ރޯމިއޯގެ މައްޗަށް ވަނީ ކޯޓު ހަރަދުގެ ގޮތުގައި 130 ޕައުންޑާއި، ވިކްޓިމް ސާޗާޖުގެ ގޮތުގައި 176 ޕައުންޑް ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.
ފުލުސް އޮފިސަރު ދިން ބަޔާނުގައި ބުނެފައިވަނީ، ރޯމިއޯ އިނީ ފޯނަށް ގެއްލިފައި ކަމަށާއި، އެހެންކަމުން އެ ކާރު އޭނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ނެތް ކަމަށެވެ.
މިއީ ރޯމިއޯގެ ބައްޕަ، ސާ ޑޭވިޑް ބެކަމް ކާރު ދުއްވަން އިންއިރު ފޯނު ބޭނުންކުރި މައްސަލައެއްގައި ހަ މަސް ދުވަހަށް ލައިސަންސް ހިފެހެއްޓިތާ ގާތްގަނޑަކަށް ހަތް އަހަރު ފަހުން ހިނގި ކަމެކެވެ.
ޑޭވިޑް ބެކަމް 2019 ވަނަ އަހަރު ކޯޓުގައި ބުނެފައިވަނީ، އޭނާގެ ލައިސަންސް ހިފެހެއްޓުމުން ރޯމިއޯ އާއި އޭނާގެ ކޮއްކޮމެން ކަމަށްވާ ކްރޫޒް އާއި ހާޕާ ސްކޫލަށް ގެންގޮސްދިނުމަށް ދަތިވާނެ ކަމަށެވެ.
ކާރު ދުއްވަމުން ފޯނާ ކުޅުމުން ރޯމިއޯ ބެކަމް ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ