ރާނިޔާއާއި ބެހޭގޮތުން ދޮގު ވާހަކަ ފަތުރާތީ އެކަން ގާސިމް ކުށްވެރިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދި ފަހުން ކައިވެނި ބައްލަވައިގަތް ރާނިޔާ އަހުމަދާއި ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ގާސިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.
71 އަހަރުގެ ގާސިމް 23 އަހަރުގެ ރާނިޔާއާއި ކައިވެނި ބައްލަވައިގެންނެވީ މިމަހުގެ 1 ވަނަ ދުވަހު އެވެ. ރާއްޖޭގެ ސޯޝަލް މީޑިއާގައި މިހާރު އެންމެ ޓްރެންޑިން އެއް ހަރަކާތަކީ މި ކައިވެންޏެވެ. ކައިވެނީގެ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ވައިރަލް ވަމުންނެވެ.
މި ކައިވެންޏާއި ގުޅިގެން އެކި ވާހަކަތައް ވައިރަލްވަމުންދާ މި ދަނޑިވަޅުގައި ގާސިމް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ގާސިމާއި ރާނިޔާގެ އަގު ވައްޓައިލުމަށް ކަމަށެވެ.
Twitter Embeded
މިއީ ގާސިމްގެ ކިތައްވަނަ ކައިވެނިކަމެއް ކަށަވަރެއް ނުވެއެވެ. އެހެންނަމަވެސް ގާސިމް ރާނިޔާއާއި ކައިވެނިބައްލަވައިގަތުމުގެ ކުރިން ގާސިމްގެ 4 އަނބިން ތިއްބެވި އެވެ.
ރާނިޔާ ކައިވެނީގެ ރަނެއްގެ ގޮތުން ގާސިމަށް ކިޔުއްވާފައިވަނީ 50005 ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ.
ގާސިމަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދި އެއް ބޭފުޅާއެވެ. އެގޮތުން މިއަހަރުވެސް ގާސިމަށް 11 މިލިއަނަށްވުރެއް ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
ރާނިޔާއާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ގާސިމްގެ ހަގު އަނބިކަނބަލެއްގެ ގޮތުގައި ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ