އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހަކު ޕީޕީއެމްގެ އޮފީހުގައި ޔާމީނާ ބައްދަލު ކުރަން އިންދާ ފެނުނު ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެކުއްޖާ ޕީޕީއެމްގެ އޮފީހުގައި ޔާމީނާ ބައްދަލު ކުރަން އިންދާ ދެކުނު ކަމަށެވެ.
އަދި އެކުއްޖާ ދޫކޮށްފައިވަނީ ބައެއް ކަންކަން ސާފު ނުވެގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކާކު ކަން އުމަރު ވިދާޅެއް ނުވެއެވެ.
މިހަބަރާއި ގުޅޭ ގޮތުން ޔާމީނުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. އަފްރާޝީމުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލާފައިވާ އިރު ދެމީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށްވަނީ ދައުވާ އުފުލާފައެވެ.
އެމައްސަލައާއި ގުޅިގެން މީގެ ކުރިން އެމްޑީޕީގެ ތިން އިސްވެރިޔަކު ވެސްވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން އެންމެ މީހެއްގެ މައްޗަށް ވެސް އަދިދައުވާ އުފުލާފައެއް ނުވެއެވެ.
އަފްރާޝިމު މައްސަލާގައި ހައްޔަރު ކުރި މީހަކު ޔާމީނާ ބައްދަލު ކުރި ކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ