އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ހަމަޖައްސަން ފާސްކޮށްފި

އާ އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެ އިރުކޮޅެއް ކުރިން ނިންމައިފި އެވެ. އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ހަމަޖައްސަން ޖޭއެސްސީން ނިންމީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒް ހުސެއިން ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކުރުމުންނެވެ. އުއްތަމަ ފަނޑިޔާރުކަމުން ފާއިޒް ވަކިކުރަން މަޖިލީހުން ފާސްކުރީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. ފާއިޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ދެން ވަކިކުރީ މުއުތަސިމް އަދުނާނެވެ. އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްްހޫރިއްޔާ އެވެ. އެކަމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ