މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް މިއަދު މައްސަލަ ނިންމައިފި އެވެ.
އާދަމް ނަސީރުގެ މައްޗަށް ކޮށްފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އާއި ޑޮކްޓަރެއްގެ ޕްރެސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި ކުރިން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އާދަމް ނަސީރުގެ މައްޗަށް ކުށްސާބިތު ނުވީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހިންގި ޝަރީއަތަށް ފަހު ހައިކޯޓުން ބުނީ ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
ދައުލަތުން ހައިކޯޓުގައި ބުނެފައި ވަނީ އެ މިފަދަ މައްސަލަތަކުގައި ގާނޫނު އަސާސީ ލާޒިމްކުރާ މިންވަރަކީ އެކަށީގެންވާ މިންވަރަށް ސާބިތުކޮށް ދިނުން ކަމަށާއި އެމިންވަރަށް އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ އައްޑޫގައި ދިރިއުޅޭ ގޭގެތެރެއިން މަސްތުވާތަކެތި އަޅާފައި ހުއްޓާ ފެނުނު ދަޅަކީ އޭނާ ވަލުތެރެއިން ގެނެސް ގޭގައި ބެހެއްޓި އެއްޗެއްކަން އެކަށީގެންވާ މިންވަރަށް ޖިނާއީ ކޯޓުގެ ޝަރީއަތަށް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.
އާދަމް ނަސީރަކީ މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ގޮތުގައި ހައްޔަރު ކުރި މީހެކެވެ.
އާދަމް ނަސީރު ކުށްވެރި ނުވާ ކަމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ