ގއ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ހިންގުމާއި ފެނަކައިން ހަވާލުވެއްޖެ


 
ގއ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ހިންގުމާއި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހަވާލުވެއްޖެއެވެ.
 
މިއަދު އެކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގެ އާއި ހަވާލުވެވަޑައިގެންނެވިކަމުގެ ލިއުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިމާލެވެ. އަދި ނިލަންދޫ ރަށު ކައުންސިލްގެ ފަރާތުން ސޮއި ކޮރެއްވީ އެރަށު ކައުންސިލްގެ މެމްބަރު ނަދީމް އަހުމަދެވެ.
 
 
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިމާލް ވިދާޅުވީ މިއިންޖީނުގެ އާއި ހަވާލު ވުމާއި އެކު ސަތޭކަ ސާޅީސް ނުވަ ރަށުގެ ކަރަންޓުގެ ހިދުމަތް ދިނުން އެކޯޕަރޭޝަނާއި ހަވާލު ވެފައި ވާކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ހަވާލު ވެފައި ވާ    އިންޖީނުގެތައް ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާކަމަށް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ