ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަނުވޭ: އިހުސާން
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާގައި މިހާތަނަށް ފުލުހުންގެ ގޯހެއް ފާހަގަވެފައިނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ. އެ މައްސަލައިގަ މިރޭ މިނިސްޓަރަށް އަމާޒުވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، އެކަން ސޯޝަލްމީޑިއާ ފުރަތަމަ ފެތުރުނީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން، ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރުމުން ވަރަށް ކަންބޮޑުވި ކަމަށާއި ފުލުހުން ބެލި ފުޓޭޖުތަކުން އެއިރު ޔުމްނުއާ ގުޅުވައި ދެކެވުނީ ދޮގުވާހަކަތަކެއް ކަން ހާމަވި ކަމަށް އިހުސާން ވިދާޅުވިއެވެ. އޭރުން ފެށިގެން އެއްވެސް ތަހުގީގެއްގައި ނުދޭހާ އަވަހަށް މި މައްސަލައިގައި މައުލޫމާތުތައް ހާމަކުރި ކަމަށް އިހުސާން ވިދާޅުވިއެވެ. އަހާ ފޯރަމްގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ:ވިދާޅުވީ، ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަވެފައިނެތް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެކަން ފުލުހުން ތަހުގީގު ކުރަނީ ކަނޑައެޅިފައިހުރި މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާއިރު، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ ރަނގަޅަށް ކަން ކަށަވަރުކުރުމަށް އެކަމާގުޅޭ އިދާރާތަކުން ވެސް ބަލަމުން އަންނަކަން އިހުސާން ފާހަގަކުރެއްވިއެވެ. އަދިއަދަށް ދާންދެން އަޅުގަނޑާ ހިސާބަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާ ހިސާބަށް ފާހަގަވެފައެއް ނެތް. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން. ބަލާފައި ފިޔަވަޅު ނާޅަފިއްޔާ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ އަޅުގަނޑާ ދެތޭރޭގައި ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ޔުމްނުގެ އާއިލާއިން ވެސް އޭނާއާ ހަވާލާދީ ވަނީ، ހ. ފެންޓޯނިއޯ ގެއިން އޭނާ އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، ބަޔަކު އޭނާ ވައްޓައިލީ ކަމަށް ބުނެފައެވެ. ޔުމްނުއަށް އިންސާފު ހޯދައިދިދިނުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: އެ މުޒާހަރާތަކުގައި ޒުވާނުން ދަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ފާޑުކިޔަމުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު މުޒާހަރާތަކުގައި ޒުވާނުން އަންނަނީ އެ މައްސަލައާ ގުޅުންހުރި ދައުލަތުގެ އިސް ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެ މުޒާހަރާތައް ކުރިއަށްދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކުލަވައިލީ މިދިޔަ އޭޕްރީލް 27ގައެވެ. އެކޮމިޝަނުން އިއްޔެ ބުނީ، އެ ކޮމިޝަންގެ މެންބަރުން މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި, އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://sun.mv/205866 ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ