ކުރީގެ ރައީސް މައުމޫނު ހުންނެވީ ގޭބަންދުކޮއްފައި ކަަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު އިތުރުފުޅު ހައްދަވައިފިއެވެ.
މަހްލޫފް މިއިތުރުފުޅު ހައްދަވާފައި ވަނީ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫން ހުންނެވީ ގޭބަންދުކޮށްފައި ކަމަށް މަހްލޫފް ވިދާޅުވީ އެމަނިކުފާނު ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސަލާމަތީ ފިޔަވަޅުތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަ ކުރުމުންނެވެ.
މަހްލޫފް އަކީ މީގެ ކުރިން ވެސް މިފަދަ ބައެއް އިތުރުފުޅު ހައްދަވާފައިވާ ބޭފުޅެކެވެ.
އިސްލާމީ ޝަރީޢަތަށް ބަލާއިރު ކީރިތި ޤުރްއާނާއި މާތް ރަސޫލާ މުޙަންމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ)ގެ ސުންނަތުގައި، ދޮގުހެދުމުން ދުރުހެލިވުމަށް ތަކުރާރުކޮށް އަންގަވާފައިވެ އެވެ. އަދި ދޮގުހެދުމަކީ ޙަރާމްކަމެއް ކަމަށް މި އުންމަތުގެ އިޖްމާޢު ޢިލްވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ.
ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ 105 ވަނަ އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَ)
މާނަ: [ދޮގުހަދާކަން ކަށަވަރީ، اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ.]
މި އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައި އެވަނީ ދޮގުހަދާނީ، އެ ކަލާނގެ ބާވައިލެއްވި އާޔަތްތަކަށް އީމާނުވާ މީހުން ކަމުގައެވެ. اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނަކީ ކާފަރުންނެވެ. ނުވަތަ މުޝްރިކުންނެވެ. ވީމާ، ދޮގުހެދުމަކީ ކާފަރުކަމާ އެއް ދަރަޖައިގެ ކަމެއްކަން ސާބިތުވެ އެވެ.
اللهُ ރުއްސުންލެއްވި އަބީ ހުރައިރާ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ.
"މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފި ނަމަ ދޮގުހަދާނެ އެވެ. ވަޢުދެއް ވެއްޖެނަމަ އެއާ ޚިލާފުވާނެ އެވެ. އަމާނާތަކާ ޙަވާލުވެއްޖެ ނަމަ އެއަށް ޚިޔާނާތްތެރި ވާނެ އެވެ." (ބުޚާރީ 33، މުސްލިމް 59)
މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެކެވެ. އަދި ދޮގުހަދާ މީހުންނަކީ މުނާފިޤުންނާ އެއް ސިފައެއްގެ ބައެއްކަން މި ބަސްފުޅުން އެނގެ އެވެ. މާނައަކީ ދޮގުހަދާ މީހާގެ ކިބައިގައިވާ ދޮގުހެދުމުގެ ސިފައިގެ ސަބަބުން އޭނާ އެވަނީ މުނާފިޤަކާ އެއްގޮތްވެފަ އެވެ.
ރައީސް މައުމޫން ހުރީ ގޭ ބަންދުކޮއްފައި - މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ