މޯލްޑިވްސް ރިސޯޓް ފުޓްސަލް ލީގުގެ ނޯތު މާލޭ ޒޯނުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ވަން އެންޑް އޮންލީ ރީތި ރަށާއި ގިލި ލަންކަން ފުށި މޯލްޑިވްސް ދަތުރުކޮށްފިއެވެ.
ޖުމްލަ 12 ރިސޯޓެއް ވާދަކުރި މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ރީތި ރަށް ހޯދީ އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އަތުން ފަސޭހަކަމާއެކު 7-3 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ އަބްދުﷲ ވިސާމެވެ.
ފައިނަލްގެ ފަހު ޖާގަ ގިލި ލަންކަން ފުށި ހޯދީ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށްވާ ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ އަތުން 5-1 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގިލި ލަންކަން ފުށީގެ މުހައްމަދު ސަމީނެވެ.
މިފަހަރުގެ ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނޯތު މާލޭ ޒޯނުގެ ފައިނަލަށް ރީތި ރަށާއި ގިލި ލަންކަން ފުށި ދަތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ