އަދީބުގެ އެމްޓީޑީ ޕާޓީ އުވާލައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ.އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.އެމްޓީޑީ އުވާލަން ނިންމާ އެކަން އީސީ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރި އެވެ. އަދި އެމްޓީޑީ އިން ދައްކަންޖެހޭ ދަރަންޏެއްވާނަމަ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށްވެސް އީސީގެ އިއުލާނުގައި އެދިފައިވެ އެވެ. މީގެ ކުރިން 2022ގައި ވެސް މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސްއިން އެމްޓީޑީއަށް ނޯޓިސް ފޮނުވި އެވެ. ނަމަވެސް އެފަހަރު، ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު އެމްޓީޑީން ހަމަކުރި އެވެ.އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ