ނޮޅިވަރަންފަރުގައި ހޯލަކާއި އަށް ކްލާސް ރޫމް އަޅަން އަނެއްކާ ވެސް އެފްޑީސީއަށް ނޮޅިވަރަންފަރުގައި ހޯލަކާއި އަށް ކްލާސް ރޫމް އަޅަން އަނެއްކާ ވެސް އެފްޑީސީއަށް

ހދ. ނޮޅިވަރަންފަރުގައި ހޯލަކާއި އަށް ކްލާސް ރޫމް ހިމެނޭ އިމާރާތެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހަދާ ފްލެޓުތައް އިމާރާތް ކުރުމުގެ މަސައްކަތަށް އުފެއްދި ކުންފުންޏެވެ. އެއީ އިމާރާތް ކުރުމުގެ އަމަލި ގާބިލްކަން އަދި ވަސީލަތެއް ވެސް ހުރި ކުންފުންޏެއް ނޫނެވެ.
"މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ނޮޅިވަރަންފަރުގެ ސްކޫލުގެ އާ އިމާރަތުގައި މަލްޓިޕާޕަސް ހޯލަކާއި އަށް ކުލާސް ރޫމުގެ އިތުރުން އެކި ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ،" އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުންޏެވެ.
އެ ޕްރޮޖެކްޓު އެފްޑީސީއާ ހަވާލު ކުރި އަގެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް އެފްޑީސީއާ ހަވާލު ކުރަން ފެށީ ރައީސް މުހައްމަދު މުއިއްޒު މިފަހުން ރަށްރަށަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ހަވާލު ކުރީ ބ. ކަމަދޫ ސްކޫލުގެ އިމާރާތެއް އެޅުމަށެވެ. އޭގެ ފަހުން ބ. ހިތާދޫ ސްކޫލުގެ އާ އިމާރާތް އަޅަން ވެސް އެ ކުންފުންޏާ ހަވާލު ކުރި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ އެކި ކޮންސްޓްރަކްޝަން މަސައްކަތް އެފްޑީސީއާ ހަވާލު ކުރަނީ ސަރުކާރުގައި ފައިސާ ނެތުމުން، ޕްރޮޖެކްޓެއް ހިނގާކަން ދެއްކުމަށްޓަކައި ކަމަށެވެ. މިހާރު ސޮއި ކުރާ ކޮންޓްރެކްޓުތަކުގެ ދަށުން މަސައްކަތް ނުފެށޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ