ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދާއި، ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
އަބްދުﷲ ޝާހިދާ، އަސްލަމް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވަނީ އާދީއްތަ ދުވަހުގައެވެ. މި ދެ ބޭފުޅުން ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
Received a Criminal Court summons for 10 am 15 May. 12 Opposition MPs scheduled to appear in court for "entering the Parliament" on 24 July 2017. pic.twitter.com/7hy9ia8Eot
އަބްދުﷲ ޝާހިދާއި އަސްލަމް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލައާއި ގުޅިގެން އަސްލަމް ވިދާޅުވީ ކޯޓަށާއި ފުލުހަށް ދާން ތައްޔާރު ކަމަށެވެ، އެހެންމަވެސް "ޖަޒީރާ ރައީސް" ގެ ކެމްޕެއިން ހުއްޓާލެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ކޯޓަށް ހާޒިރުވާން އަންގާފައި މި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ދަނޑިވަޅުގައެވެ. އަސްލަމް އިސްކޮށް ހުންނަވައިގެން އަތޮޅުތެރޭ ރަށްތަކުގައި ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުނެވެ.
Fuluhah dhaan thayyaaru, Courtah dhaan thayyaaru, adhi Jalah dhaan ves thayyaaru, ekam sorry #JazeeraRaees campaign huttaalevey kah neiy. pic.twitter.com/2iUBeyBqNd
މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެމްބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ.
މެންބަރުން ވިދާޅުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވެންނެވުން އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެމްބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ގަދަކަމުން ނެެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ޝާހިދާއި އަސްލަމް ކޯޓަށް ހާޒިރުވާން އަންގާއިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ