ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައިފި

ކުޅިވަރުގެ ގައުމީ މަޖިލީސް އެކުލަވާލާ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހެނދުނު ވެލާނާގޭގަ އެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިއަދުގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ މި އެކުލަވާލެވުނު ކައުންސިލުގެ ސަބަބުން ކުޅިވަރުގެ ގައުމީ އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ކުރުމަށާއި، ކުޅިވަރު މެނިފެސްޓޯ ތަންފީޒް ކުރުމުގައި އިތުރު ބާރެއް ލިބިގެން ދާނެކަމަށެވެ.
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަކީ ކުޅިވަރު އެސޯސިއޭޝަނަކުން ހިންގަންޖެހޭ ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހިތްވަރުދީ އިތުރު އެހީތެރިކަން ދޭނެ ކައުންސިލެއް ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރު އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޑެޕިއުޓީ މިނިސްޓަރު ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލާއި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އަހުމަދާއި ކްރިކެޓްގެ ފަރާތުން ފަރުހަތު ޖަލީލާއި އެފްއޭއެމްގެ ފަރާތުން އިހުސާން އަބްދުލް ގަނީ (ސާންތީ) ކުރީގެ ވޮލީބޯޅަ ކެޕްޓަން ފަތުހުﷲ ވަހީދު (ފައްލޯ) އާއި ކުރީގެ ވޮލީބޯޅަ ކޯޗު މުހައްމަދު އަނީސް (ތަރި) އާއި ޓޭބަސް ޓެނިސްގެ ފަރާތުން އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އާއި ވޮލީބޯޅަ އެސޯސިއޭޝަނުގެ ފަރާތުން ހުސެއިން މުހައްމަދާއި އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު މުޙައްމަދު ސަލީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ